އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވާދަކުރާނީ 35 ދާއިރާއަށްކަން، ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އެކުލަވާލަފައިވާކަމަށްބުނާ ސިއްރު އެއްބަސްވުމުންނެވެ. މީޑިއާގައި ދައުރުވަމުންދާ މި އެއްބަސްވުމުގެ ކޮޕީގައި، ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ކައުންސިލް އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރަނެ ގޮތް ވަނީ އެއްބަސްވެފައެވެ.
އެގޮތުން ހުރިހާ އިންތިޚާބެއްގައި އެމްޑީޕީއަށް 40 އިންސައްތަ، ޖުމްހޫރީ ޕާޓީއަށް 25 އިންސައްތަ، ރައީސް މައުމޫނަށް 20 އިންސައްތަ އަދި އަދާލަތު ޕާޓީއަށް 15 އިންސައްތަ ދިނުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން، ހުރިހާ ވުޒާރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަޤާމްތަކާއި، މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އައްޔަން ކުރުމުގައި ވެސް އެގޮތަށް އަމަލުކުރުމަށް ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރާނަމަ އެމްޑީޕީޢަށް ވާދަކުރެވޭނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް 22 ދާއިރާ، އަދާލަތު ޕާޓީއަށް 13 ދާއިރާ އަދި ރައީސް މައުމޫނަށް ލިބޭނީ 17 ދާއިރާއެވެ.
ނަމަވެސް މިހާރު އެމްޑީޕީން ބޭނުންވަނީ 61 ދާއިރާއަށް ވާދަކުރުމަށްކަމަށް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް މި ނިންމުމާ ގުޅޭގޮތުން އެއްވެސް ޕާޓީއެއްގެ ރަސްމީ ބަހެއް އަދި ލިބޭގޮތްވަނީނުވެފައެވެ.
މިކަމާއި ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމާނީ މިރޭ ބެއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިންނެވެ.