 
										
			ރާއްޖޭގައި އިންޝުއަރެންސްގެ ޚިދުމަތް ދެމުންދާ އަމާނާ ތަކާފުލް އިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ. 
އަމާނާ ތަކާފުލް އޮފީހުގައި މިއަދު ކުރިއަށްދިޔަ މިކޭމްޕަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ތިރީހަށްވުރެ ގިނަ މީހުން ކޭމްޕަށް ޒިޔާރަތްކޮށް ލޭ ހަދިޔާ ކުރިކަމަށެވެ. މިފަދަ ހަރަކާތެއް ކުރިޔަށް ގެންދިއުމުގެ މަޤްޞަދަކީ ލޭ ބޭނުންވާ ފަރާތްތަކަށް ދަތިކަމެއް ނެތި ލޭ ހޯދަން ވީހާވެސް ފަސޭހަކޮށްދިނުން ކަމަށް އަމާނާ ތަކަފޫލް އިން ބުނެއެވެ. 
އަމާނާ ތަކާފުލް އިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާއިރު މުޖްތަމައަށް މުހިންމު އެހީތަކާއި ހިދުމަތްތައް އެކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ފަޅުތެރެއާއި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތައްވެސް އަމާނާ ތަކާފުލް އިން ކުރިއަށްގެންދެއެވެ.