ޚަބަރު

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަހޯދަމުން އަންނަ މައިކަލް ވޯޑިއަން އާއިއެކު އައްޑޫއަށް އިތުރު ޝަރަފެއް



އެމެރިކާގެ މަޝްހޫރު މެރަތަނާ އަދި އަލްޓްރާ މެރަތަނާ މައިކަލް ވޯޑިއަންއަކީ ދުނިޔޭގެ ރެކޯޑް އޮންނަ ދުވުންތެރިއެކެވެ. ދުނިޔޭގެ ރެކޯޑް ފޮތުން އެތައް ފަހަރަކު ޖާގަ ހޯދަމުން އަންނަ މައިކަލް ވޯޑިއަން ރާއްޖޭގެ އައްޑޫ މެރަތަނަށް ބައިވެރިވުން އެއީ އައްޑޫ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. މައިކަލް ވޯޑިއަން ވަނީ މިދަތުރުގައި އައްޑޫގައި ޓުވާރއެއްވެސް ނަގާފައެެވެ. އައްޑޫ މެރަތަންގެ ބުރޭންޑް އެންބަސެޑަރ އެއްގޮތުން މައިކަލް ވޯޑިއަން ފަދަ ދުނިޔޭގެ މަޝްހޫރު ދުވުންތެރިއަކަށް ދޭން ނިންމާފައި ވަނީ ދިވެހިރާއްޖެ އަކީ ދުވެލަން ހިތްގައިމު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމުގެ ބޭނުމުގައި ކަމަށް މެރަތަން ރޭސް ޑިރެކްޓަރ ހުސައިން ޝުޖާއު ބުނެފައިވެއެވެ.

މައިކަލް ވޯޑިއަން ވަނީ މިދިޔަ އަހަރު ބޭއްވި "ވޯލްޑް މެރަތަން ޗެލެންޖު" ހަތް ދުވަހުގެ ތެރޭގައި ހަތް ބައްރުގައި ހަތް މެރަތަން ކާމިޔާބު ކަމާއެކީ ނިންމާފައެވެ.
އުމުރުން 44 އަހަރުގެ ވޯޑިއަން ވަނީ މިހާތަނަށް 170 އަށް ވުރެ ގިނަ މެރަތަން އަދި 70 އަށް ވުރެ ގިނަ އަލްޓްރާ މެރަތަންގައި ދުވެފައެވެ. އަދި 20 ޓްރައިތެލޯން ރޭހުގައި ބައިވެރިވެފައި އޭގެތެރެއިން އަޔަންމޭން ލޭކް އާއި އެޑްވެންޗާ ރޭހުގައިވެސް ވާދަކޮށްފައެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން މައިކަލް ވޯޑިއަން ބުނެފައިވަނީ އެންމެ ފާހަގަ ކޮށްލެވޭ އިވެންޓެއްގޮތުގައި އޭނާ ބައިވެރިވެ ކާމިޔާބް ހޯދައިފައިވަނީ "ވޯލްޑް މެރަތަން ޗެލެންޖު" އެއީ ހަތް ދުވަހުގެ ތެރޭގައި ހަތް ބައްރުގައި ހަތް މެރަންއަށް ދުވެގެން ކަމަށެވެ.

"
"އެންމެ ފާހަގަ ކޮށްލެވޭ އިވެންޓެއްގޮތުގައި ބައިވެރިވެ ކާމިޔާބް ހޯދައިފައިވަނީ "ވޯލްޑް މެރަތަން ޗެލެންޖު" ހަތް ދުވަހުގެ ތެރޭގައި ހަތް ބައްރުގައި ހަތް މެރަން އަދި އޭގެ ސަަބަބުން އެންޓާރޓިކާގައި ދުވުމުގެ ފުރުޞަތު ވެސް ލިބުނެވެ"
މައިކަލް ވޯޑިއަން

މައިކަލް ވޯޑިއަންގެ ފުރަތަމަ މެރަތަން ޖަހާފައިވަނީ 1996 ވަނަ އަހަރުގައެވެ. މައިކަލް ބުނީ އޭނާއަށް ލިބޭ ހުރިހާ ފުރުސަތެއްގައިވެސް މެރަތަން ޖަހާކަމަށާއި މައިކަލްއަށް ލިބޭ އެންމެ ބޮޑު މޯޓިވޭޝަން އަކީ މެރެތަންގައި ދުވުމުގެ ޗެލެންޖް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މައިކަލް ވޯޑިއަން ވަނީ އައްޑޫގެ ދުވާ އެކަޑަމީގެ ކުދިންނާއި ބައްދަލުކޮށް އޭނާގެ ތަޖުރިބާ ޙިއްސާކޮށް ދުވުމާއި ގުޅޭ އެކި މައުލޫމާތުތައް އެކުދިންނާއި ހިއްސާކޮށްފައެވެ. ހިތަދޫ ސްޓޭޑިއަމްގައި ބޭއްވި މި އިވެންޓުގައި މައިކަލް ވަނީ އޭނާގެ ދުވުންތަކާއި ދުވުމަށް އޭނާ ވަމުން އަންނަ ތައްޔާރީތަކާއި އޭނާގެ ތަޖުރިބާ ހިއްސާކޮށް ކުދިންގެ ސުވާލުތަކަށް ޖަވާބު ދީފައެވެ. އަދި މައިކަލް ވޯޑިއަންވަނީ ދުވާ އެކަޑަމީގެ ކުދިންނާއެކީ ދުވުމެއްގައި ބައިވެރިވެފައެވެ. މި އިވެންޓް ނިންމާލުމަށްފަހު ޕީއެސްއެމް ނިވްސް އަށް ދިން އިންޓަވިއުގައި ވާހަދައްކަމުން މައިކަލް ވޯޑިއަންވަނީ އޭނާ ރާއްޖޭގައި އުޅުނު ދުވަސްތަކާއި ބެހޭގޮތުން ތަޖުރިބާތައް ހިއްސާކޮށްފައެވެ.
އައްޑޫ މެރަތަންގައި ދުވާކުދިންނަށް މައިކަލް ވޯޑިއަން ބުނެފައިވަނީ ދުވުމަށް ބޭނުންވަނީ ހިތްވަރުކަމަށެވެ. އަދި ހިތްވަރާއިއެކު މަސައްކަތްކޮށްފިއްޔާ ކޮންމެ ކަމެއްވެސް ކާމިޔާބުވާނޭ ކަމަށް ވަނީ ބުނެފައެވެ.

"
"ދުވުމަށް ކޮންމެހެން ވަކި ސައިޒްއެއްގަ ހުންނަން ނުޖެހޭނެ، ބޭނުންވާނި ޑެޑިކޭޝަން އާއި ޕޭޝަނޭޓް އަދި ޓްރެއިނިން އަދި ދުވުމުން ކުރިއަށްދާންވީ ހުއްޓުމެއް ނެތް ގޮތަށް، އުނދަގޫ ފަހަރުތައް އަންނާނެ ކަމާއި ހުއްޓާލަން ހިތައް އަރާނެ، ނަމަވެސް ވަކި ލަނޑުދަނޑިއަކަށް ވާސިލް ވުމަށް ހިތްވަރާއެކު ކުރިއަށް ދޭ، އައްޑޫއަށް އަދި އަންނާނަން އަދި އިތުރަށް ގެނެވޭހާ މީހުން ގެންނާނަން. މިތަނާއި ދުރުގައި ހުންނަން އުނދަގޫ ވާނެއެވެ. މިތާގެ މީހުންނާއި ސަޤާފަތަކީ ވަރަށް ހިތްގައިމު ކަމެއް. ރާއްޖެ އަންނަން ބޭނުންވާ ހުރިހާ މީހުން އައުމަށް ގޮވާލަން"
މައިކަލް ވޯޑިއަން


އައްޑޫގެ މިދަތުރާމެދު ވާހަކަ ދައްކަމުން މައިކަލް ވޯޑިއަން ބުނެފައިވަނީ އައްޑޫއަށް އައި މި ދަތުރުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވުނުކަަަމަށާއި ދެވަނަ ފަހަރައްވެސް އައްޑޫއަށް އަންްނަން ބޭނުންވާކަމަށެވެ.
މައިކަލް ވޯޑިއަން އަކީ މިހާތަނަށްވެސް ދުނިޔޭގެ 4 ވަރަކަށް ރިކޯރޑް ހޯލްޑް ކުރާ ދުވުންތެރިއެކެވެ. އައްޑޫ މެރަަތަންގައި ދުވައިގެން 2 ގަޑި އިރާ 42 މިނަޓުން މެރެތަން ނިންމާފައިވަނީ މެރަތަންގެ ބްރޭންޑް އެމްބަސެޑަރ މައިކަލް ވޯޑިއަން އެވެ. މައިކަލް ވޯޑިއަން ވަނީ މެރަތަންގެ އިތުރުން 10ކޭ އާއި 5ކޭ ގައިވެސް ދުވެފައެވެ.
މެރަތަން ނިންމާލުމަށްފަހު މައިކަލް ވޯޑިއަން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައި ވާހަކަދައްކަވަމުން ބުނެފައިވަނީ މި ރޭސް އަކީ ވަރަށް ހިތްހަމަޖެހޭ ވަރުގަދަ ރޭސް އެއްކަމަށާއި މި މެރެތަންގައި ބައިވެރިވުމަށް ފުރުސަތެއް ދިނީތީ އެކަމަށް ޝުކުރުވެރިވާކަމެވެ. އަދި އައްޑޫއިން މައިކަލްއަށް ލިބިގެން ދިޔައީ ވަރަށް ފުރިހަމަ މެހެމާންދާރީއެއް ކަމަށާއި މިމެރެތަންގައި ދުވުމަށް ލިބުނު ފުރުސަތުން އައްޑޫގެ ރީތިކަން ވަރަށް ބޮޑަށް މައިކަލްއަށް ފެނިގެން ދިޔަކަމަށެވެ.