ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޗެކިންގ ކައުންޓަރުތައް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް އެމްއޭސީއެލުން ފަށައިފިއެވެ. މީގެ އިތުރުން، އިތުރު ތިން އެއަރލައިނެއް ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝަޢުޤުވެރިކަން ފާޅާކޮށްފައިވާކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.
ކޮންމެ އަހަރެއްގެ ފަހުކޮޅަކީ ފަތުރުވެރިން ގިނަ ޢަދަދަކަށް ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ. އެދުވަސްވަރާ ދިމާކޮށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލުން ގިނަ ތައްޔާރީތަކެއް ވަމުންއާދެއެވެ. ވެލާނާ އިންޓަރނޭޝަނލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓަރމިނަލަކީ ޖާގައިގެ ގޮތުން ދަތި ތަނެއްކަމުގައި ވީނަމަވެސް ފަތުރުވެރިންނަށް އަވަސް ޚިދުމަތްތަކެއް ދެމުންގެންދެއެވެ. މިއަހަރުގެ ޓޫރިޒަމް ސީޒަން ފެށުމުގެ ކުރިން އެމްއޭސީއެލުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ޚިދުމަތްދެމުން އަންނަ ޗެކިންގ ކައުންޓަރުތައް އިތުރުކުމުގެ ޢަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، އެއަރޕޯޓްގެ އައު ޓަމިނަލް ނުނިމޭތީ ޖާގައިގެ ގޮތުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށެވެ. އެހެންކަމުން މިއަހަރުގެ ސީޒަނާ ދިމާކޮށް ފަސިންޖަރުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖއްސަނެކަމަށް އާދިލް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ޚިދިމަތްދެމުން އަންނަ ޗެކިންގ ކައުންޓަރުތަކުގެ އިތުރުން، އިތުރު 10 ކައުންޓަރު ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އާދިލް މޫސާ ވިދާޅުވިއެވެ. މިހާރު ޚިދުމަތް ދެމުން އަންނަނީ 34 ކައުންޓަރުންނެވެ. އަދި އަލަށް ޤާއިމްކުރާ 10 ޗެކިންގ ކައުންޓަރާއެކު 44 ކައުންޓަރަށް އިތުރުވެގެންދާނެއެވެ.
ޢާދިލް މޫސާ ވިދާޅުވިއެވެ.
ޢާދިލް ވިދާޅުވީ މިއަހަރުގެ ސީޒަނާ ދިމާކޮށް އިތުރު ތިން އެއަރލައިނެއް ރާއްޖެއަށް ދަތުރުކުރުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އެގޮތުން ތިން އެއަރލައިނާއެކު ވާހަކަ ދައްކަމުން އަންނަކަމަށާއި، މިހާރު ދަނީ ފައިނަލް ވާހަކަތައްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ރާއްޖެއަށް ދަތުރުކުރަމުން އަންނަ އެއަލައިނެއްގެ ދަތުރުތައްވެސް އިތުރުކުރުމަށް ނިންމާފައިވާކަމަށް ޢާދިލް ވިދާޅުވިއެވެ. ނަމަވެސް އެއަރލައިންތަކުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.
ޢާދިލް ވިދާޅުވިއެވެ.
އެމްއޭސީއލެގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، އެއަރޕޯޓްގެ ބިޔަ މަޝްރޫޢު ކުރިއަށް ދިޔަކަމުގައި ވީނަމަވެސް އެއަރޕޯޓް ބޭނުންކުރާ ފަރާތްކަށް ފަސޭހަ ހިތްހަމަޖެހޭ ޚިދުމަތެއް ދިނުމަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަމަށެވެ. އެގޮތުން ޗެކިންގ ކައުންޓަރ އިތުރުކުރުމުގެ މަޝްރޫޢަށްވެސް އަށާރަ މިލިއަން ރުފިޔާއާއި ވިހި މިލިއަން ރުފިޔާއާ ދެމެދުގެ ޚަރަދެއް ހިނގާކަމަށް ޢާދިލް މޫސާ ފާހަގަކުރެއްވިއެެވެ.