ރޮނާލްޑޯގެ ހެޓްރިކާއެކު ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރި ފޯރިގަދަ މެޗު 3-3ން އެއްވަރުވެގެން ނިމިއްޖެއެވެ.
ޖުމްލަ ހަ ލަނޑު ފެނުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ތިން ވަނަ މިނެޓުގައި ލިބު ޕެނަލްޓީއެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޕޯޗުގަލްއަށް ލީޑް ނަގައިދިނީ ކެޕްޓަން ރޮނާލްޑޯއެވެ. އޭގެ 20 މިނެޓު ފަހުން ސްޕެއިނަށް ފުރަތަމަ ފަހަރަށް މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިއޭގޯ ކޮސްޓާއެވެ. މެޗުގައި ދެވަނަ ފަހަރަށް ޕޯޗުގަލަށް ލީޑް ނަގައިދިން ލަނޑު ރޮނާލްޑޯ ކާމިޔާބުކުރީ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. މި ލަނޑަކީ ސްޕެއިންގެ ގޯލް ކީޕަރު ޑޭވިޑް ޑެ ޙެއާއަށް ހެދުނު މިސްޓޭކަކުން ވަތް ލަނޑެކެކެވެ.
މެޗުގައި ދެވަނަ ފަހަރަށްވެސް ސްޕެއިންއަށް ނަތީޖާ ހަމަ ހަމަކޮށްދިނީ ފޯވާޑް ޑީއޭޑޯ ކޮސްޓާއެވެ. ދެވަނަ ހާފްގައި ކޮސްޓާ އޭނާގެ ދެވަނަ ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް ސްޕެއިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގާފައެވެ. މި ލަނޑު ސްޕެއިން ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ނާޗޯ ފެނާންޑޭޒެވެ.
ޕޯޗުގަލް މެޗުގައި ފަހަތުން އަރާ ނަތީޖާ ހަމަ ހަމަކޮށް، މެޗުން ޕޮއިންޓެއް ހޯދައިދިން ލަނޑު ރޮނާލްޑޯ ކާމިޔާބުކުރީ ލިބުނު ހިލޭޖެހުމަކުންނެވެ.
މިނަތީޖާ އާއެކު ސްޕެއިން އަދި ޕޯޗުގަލްއަށްވެސް މާބޮޑު ހާސްކަމެއް ނެތެވެ.