ޚަބަރު

ޝަރުތުތަކަކާއި އެކު ފާރިސް މައުމޫން ދޫކޮށްލައިފި


ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި ރައްޔިތުން މަޖިލީހުގެ ދއްގަރު ދާއިރާގެ މެންބަރު ފާރިޗް މައުމޫން ޝަރުތުތަކަކާއި އެކު މިނިވަންކޮށްފިިއެވެ. 

ރައްޔިތުން މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ހުށައެޅުއްވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން އަމުރުކުރީ މިިދޔަ އަހަރުގެ ޖުލަިއ މަހުގެ ނަވާރަވަނަދުވަހުއެވެ. 

ބަންދުގައި ހުންނަވާތާ ހަމަސްދުވަސް ފަހުން ފާރިސް މައުމޫން މިއަދު ކުރިމިނަލްކޯޓުން މިނިވަންކޮށްފައިވަނީ ތިން ޝަރުތެއް ކުރުމަށްފަހުއެވެ. އެ ތިން ޝަރުތަކީ ކޯޓުގެ ހުއްދައެއް ނެތި ރާއްޖެއިން ބޭރަށް ނުދިޔުމާއި، ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގަޑިތަކުގައި ކޯޓަށް ހާޒިރުވުމެވެ. މި ޝަރުތުތަކާއި ފާރިސް އެއްބަސްވަންތޯ ސުވާލުކުރުމުން ކޯޓުން ކަނޑައެޅި ޝަރުތަކާއި ފާރިސްވަނީ އެއްބަސްވެޑައިގެންފައެވެ. 

ފާރިސް މިނިވަންކުރިކަން އިއުލާންކުރައްވަމުން އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ފާރިސް ދޫކޮށްލަން ނިންމެވީ އެ މައްސަލައިގައި ގިނަދުވަސްތަކެއް ވަންދެން އޭނާ ބަންދުގައި ހޭދަކޮށްފައިވުމުންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި މައްސަލައަށް އަސަރު ފޯރާނެކަމެއް ކުރިކަމުގެ އެއްވެސް ޝަކުވާއެއްވެސް ލިބިފައިނުވާކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. 

މީގެއިތުރުން ފާރިސްގެ މައްސަލަައިގައި މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް ތަހުލީލެއްކުރަން ފާރިސް ހުށައެޅުއްވި ހުށައެޅުވުމަށްވެސް ފާރިސް މިނިވަންކުރުމުގައި ގާޒީ ރިޔާއަތްކުރައްވާފައިވެއެވެ. މިގޮތުން އެ ތަހުލީލުތައް ކުރުމަށް ދަައުލަތުން ދެކޮޅު ނުހަަދާތީ އެފުރުސަތު ފާރިސްއަށް ދީފައިވާކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.