މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ ކޯ ސްޕޮންސާ ޕްލަސްގެ ގޮތުގައި ވިލާ ކޮލެޖު ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ވިލާ ކޮލެޖަކީ މޯލްޑިވިއަން އައިޑޮލްގެ މިދިޔަ ދެ ސީޒަންގެވެސް ކޯ ސްޕޮންސާ ފްލަސްއެވެ.
ޕީސްއެމްގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބުދުލަތީފްއެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ އަލީ ނަޖީބެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމުފަހު ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކްރާމް ވިދާޅުވީ ވިލާ ކޮލެޖަކީ ފުޅާ ދާއިރާއެއްގައި ދިވެހި ޒުވާނުންނަށާއި އެކި އުމުރުގެ މީހުންނަށް ތައުލީމު ދެމުން އަންނަ ބޮޑު ހިޔާވައްސެއްކަމަށެވެ. އެހެންކަމުން އެފަދަ މަރުކަޒަކުން އައިޑޮލްގައި ބައިވެރިވުމަކީ ޝޯ އަށް ލިބިގެންދާ ކުރިއއެރުމެއްކަމަށް އިކްރާމް ވިދާޅުވިއެވެ.
img:http://s2.psmnews.mv/images/660x400/15113430106360.jpg|މިއަދުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ވާހަކަފުޅުދައްކަވަނީ -
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ އަލީ ނަޖީބް ވިދާޅުވީ ވިލާ ކޮލެޖަކީ ޒުވާނުންނަށް އެތައް ފުރުސަތުތަކެއް އޮތް ކޮލެޖެއްކަމަށް. އަދި ޒުވާނުންނަށް އޮތް ފުރުސަތުތައް ހާމަކޮށްދިނުމަށް އެންމެ ރަގަޅު ޕްލެޓް ފޯމް އަކީ މޯލްޑިވިއަން އައިޑޮލްކަމަށް ޑރ ނަޖީބް ވިދާޅުވިއެވެ.
img:http://s2.psmnews.mv/images/660x400/15113430859597.jpg|މިއަދުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ އަލީ ނަޖީބް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް
މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބޭއްވުމަށް ޕީއެސްއެމުން ދަނީ ތައްޔާރުވަމުންނެވެ. ސީޒަން ތިނެއްގެ ޓައިޓަލް ސްޕޮންސާއަކަށް ދިރާގު އަދި ޓްރެވަލިންގ ޕާޓްނަރއަކަށް މޯލްޑިވިއަން ހަމަޖައްސާފައިވާއިރު މޯލްޑިވިއަން އައިޑޮލްއަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ކާމިޔާބު ރިއަލިޓީ ޝޯ އެވެ.