ކުޅިވަރު

ފުޓްސެލް ފިރިހެން ޑިވިޝަން ފައިނަލްގައި އެސްޓީއޯއާއި އެމްއޭސީއެލް


ޕްރެޒިޑެންޓްސް ކަޕް ރެކްރިއޭޝަނަލް ފުޓްސަލް މުބާރާތުގެ ފިރިހެން ބައިގެ ފައިނަލުން އެމްއޭސީއެލް އަދި އެސްޓީއޯ ޖާގަ ހޯދައިފިއެވެ.

 އެމްއޭސީއެލް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޕޮލިސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފޯރިގަދަ އަދި ވާދަވެރި މެޗު އެމްއޭސީއެލް ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު ދެ ޓީމް އޮތީ ދޭއް ދޭކުން އެއްވަރުވެފައެވެ. އެމްއޭސީއެލުން އެޓީމްގެ ތިންވަނަ ލަނޑުޖެހީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައެވެ. މެޗުގައި އެމްއޭސީއެލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ޝާފިއުއެވެ. އަނެއް ލަނޑު ޖަހައިދިނީ އަހުމަދު ޒައިދުއެވެ. ޕޮލިހުގެ ދެ ލަނޑެ ޖަހައިދިނީ އަލީ މާނިހް އަދި އަހުމަދު އާރިޝްއެވެ. 

ސެމީ ފައިނަލް ދެވަނަ މެޗު އެސްޓީއޯ ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ. ގައުމީ ފުޓްސަލް ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އެސްޓީއޯއަށް މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ އަލީ އަރުޝަދު އަދި މުޙައްމަދު އިމްރާންއެވެ. އަރުޝަދު މެޗުގައި ދެ ލަނޑު ޖެހިއެވެ. ސްޓެލްކޯގެ ދެ ލަނޑުވެސް ޖަހައިދިނީ އަލީ މާއިޝްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އެސްޓީއޯގެ ކެޕްޓަން މުޙައްމަދު އިމްރާންއެވެ. 

އެމްއޭސީއެލްއާއި އެސްޓީއޯ ފައިނަލްގައި ވާދަކުރާނީ މާދަމާރެއެވެ. ޓާރފް އެއްނަމްބަރު ދަނޑުގައި ކުޅޭ ފައިނަލް މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.