ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިން ގިނަ ޢަދަދަކަށް ދިރިއުޅެމުން އަންނަ ސްރީލަންކާގައި ހަރަކާތްތަކެއް ހިންގައިފިއެވެ.
އެގޮތުން "އުފާވެރިކަން ޔަޤީން" މިނަމުގައި ކުޑަކުދިންގެ ހަވީރެއް ވަނީ ބާއްވާފައެވެ. ކޮލޮމްބޯގައި ހުންނަ ޕީޕީއެމްގެ ޖަގަހައިގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެޤައުމުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ދިވެހި ޢާއިލާތަކުން ވަނީ ބައިވެރިވެފައެވެ. އުފާވެރި މާހައުލެއްގައި ކުޑަކުދިންނަށް ޚާއްޞަކޮށް ކުޑަކުދިން ޝައުގުވެރިވާ ގިނަ ހަރަކާތްތަކެއް މި ކުޑަކުދިންގެ ހަވީރުގައި ބާއްވާފައިވެއެވެ.
img:http://s3.psmnews.mv/images/660x400/15091723929061.jpg|ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން / ފޮޓޯ: ޕީޕީއެމް
މި ހަރަކާތުގައި ފަސްސަތޭކައަށް ވުރެ ގިނަ ކުޑަކުދިން ބައިވެރިވިކަމަށް ޕީޕީއެމުން މަޢުލޫމާތުދެއެވެ. ލަންކާއަކީ ބޭސްފަރުވާއަށާއި ތަޢުލީމް ހާސިލްކުރުމަށް ގިނަ ޢަދަދަދަކަށް ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ. އެގޮތުން ފަނަރަ ހާހަށްވުރެ ގިނަ ދިވެހިން ލަންކާގައި ދިރިއުޅެމުން ގެންދެއެވެ.
ޕީޕީއެމްގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ ހަތާވީސް ވަނަ ދުވަހުއެވެ. ޕީޕީއެމް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވަނީ 27 އޮކްޓޫބަރު 2011 ވަނަ އަހަރުއެވެ.