ކުޅިވަރު

ބާސްކެޓް ކުރިއަރުވަން ފިލިޕީންސްގެ އެހީއަށް


ބާސްކެޓް ކުރިއަރުވަން ފިލިޕީންސްގެ އެހީތެރިކަން ހޯދުމަށް ރާއްޖެއިން އެދިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެޕްރޮގްރާމް ފަށައިގަނެވޭނެ ކަމަށް ފިލިޕީންސްއިން ބުނެފިއެވެ.

އެޤައުމުގައު ފުޅާދާއިރާއެއްގައި ބާސްކެޓްގެ ހަރަކާތްތައް ހިންގަމުން އަންނަ އެސްޕިރުޓޫ މޮނޮޓެކް ބާސްކެޓްބޯލަ މެނޭޖްމަންޓުގެ ޑިޕްލޮމެޓް މާވިން އެސްޕިރުޓޫ ބުނީ ރާއްޖޭގެ ކުޅުންތެރިންނާއި ރާއްޖޭގެ ޓީމުތައް ފިލިޕީންސަށް ގެނެސް ތަމްރީނު ދިނުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އަދި ފިލިޕީންސްގެ ކުޅުންތެރިންނަށް ވެސް ކުރިމަގުގައި ރާއްޖޭގެ ލީގުގައި ކުޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، އޭނާގެ ބެލުމުގެ ދަށުން ފިލިޕީންސްގެ ޓީމެއް ރާއްޖެ ދާނެ ކަމަށެވެ.

މި ދަތުރުގެ ބޭނުމަކީ ރާއްޖޭގެ ބާސްކެޓްގެ ހާލަތު ދެނެގަނެ، ވެދެވޭނެ އެހީތެރިކަން ދެނެގަތުން ކަމަށާއި ރާއްޖެ އާއި ފިލިޕީންސްގެ މެދުގައި ބާސްކެޓް ކުރިއަރުވަން މަޝްވަރާ ކުރެވެން ފެށީ މީގެ ދެ މަސް ކުރިން ކަމަށް އޭނާ ބުންޏެވެ.

އެސްޕިރުޓޫ މޮނޮޓެކް ބާސްކެޓްބޯލަ މެނޭޖްމަންޓުން ބުނީ  ސާކް ސަރަހައްދުގައި ރާއްޖެ އަށް އިންޑިޔާ ބަލިކުރެވިފައިނުވާ ކަމަށާއި، މިފަދަ ސަބަބުތަކާހުރެ ރާއްޖޭގެ ބާސްކެޓް ކުރިއަރުވަން ފިލިޕީންސްގެ އެހީތެރިކަމަށް އެދުނީ ޖަޕާނުގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ހުންނެވި ދުވަސްވަރު ކަަމަށެވެ.

ފުރަތަމަ ޑިވިޝަންގެ ބާސްކެޓް ކްލަބެއް ހިންގަވާ މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވީ އެމަނިކުފާން ދެފަހަރެއްގެ މަތީން ފިލިޕީންސަށް ދަތުރުކުރެއްވި ކަމަށާއި، ރާއްޖެއާއި ގުޅުން ބަދަހިކޮށް އެހީތެރިވާން ފިލިޕީންސްގެ ޝައުޤުވެރިކަން ވަރަށް ބޮޑުކަމަށެވެ. ނަމަވެސް އެމަނިކުފާން ދަތުރުކުރެއްވީ އަދި މަޝްވަރާތައް ކުރިއަށްގެންދެވީވެސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ހައިޞިއްތަކުން ނޫންކަމަށް މުންދު ވިދާޅުވިއެވެ. މަޝްވަރާތަކަށްފަހު އެފުރުޞަތު އޮތްކަމާއި، ރާއްޖޭގެ ޓީމެއް ފިލިޕީންނަށް ދިއުމުގެ ފުރުޞަތު އޮތްކަންވެސް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ނައިބުރައީސްއަށް ދެންނެވިކަމަށް މުންދު ވިދާޅުވިއެވެ.

" އެބޭފުޅުންގެ ޝައުޤުވެރިކަން ވަރަށްބޮޑު. ރާއްޖެއާ ގުޅުން ބަދަހިކޮށް، އެހީތެރިވާން. ޤައުމީ ޓީމް އެކޮޅަށް ދިއުމުގެ ފުރުޞަތު އެބައޮތް. އަޅުގަނޑުމެންގެ ޓީމް ފޮނުވަންވެސް އަޅުގަނޑު ގަސްތުކުރަން. އަދި ކުޅުންތެރިއަކުވެސް ފޮނުވާނަން " ފިލިޕީންސްގެ ކޯޗެއްގެ އިރުޝާދު ހޯދަމުންދާ ކިންގްސް ބާސްކެޓް ކްލަބް ހިންގަވާ މުންދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ބުނީ ފިލިޕީންސާ އެސޯސިއޭޝަނާ އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާކަމަށެވެ.