ކުޅިވަރު

ފްރެންޗް އޯޕަން 10ވަނަ ފަހަރަށް ނަދާލް ކާމިޔާބުކޮށްފި


ސްޓޭން ވަވްރިންކާ ބަލިކޮށް ފްރެންޗް އޯޕަން ޓެނިސް މުބާރާތް 10 ވަނަ ފަހަރަށް ރަފައެލް ނަދާލް ކާމިޔާބުކޮށްފިއެވެ. 

އުމުރުން 31އަހަރުގެ ނަދާލް ފްރެންޗް އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓް ކާމިޔާބުކުރީ ސްވިޒަލެންޑްގެ ސްޓޭން ވަވްރިންކާ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. 2015ވަނަ އަހަރުގެ ޗެމްޕިއަން ވަވްރިންކާގެ އަތުން ނަދާލް ސެޓުތައް ކާމިޔާބުކުރީ 2-6، 3-6 އަދި 1-6 އިންނެވެ. މިއަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތަކީ ކްލޭ ކޯޓުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ނަދާލްގެ 15 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އަދި އޭނާ ވެގެންގޮސްފައިވަނީ 1968ވަނަ އަހަރުގެ ފަހުން ގްރޭންޑް ސްލޭމްގެ އެއް މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ. 

15 ގްރޭންޑް ސްލޭމް ތައްޓާއިއެކު ނަދާލްއަކީ ދެވަނައަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. ލިސްޓުގެ އެއްވަނާގައި އޮތީ 18 ގްރޭންޑް ސްލޭމާއިއެކު ސްވިޒަލެންޑްގެ ރޮޖަރ ފެޑެރާއެވެ.