ކުޅިވަރު

ތުރުކުމިނިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފި


ތުރުކުމިނިސްތާން އަތުން ބަލިވެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުން ރާއްޖެ ކަޓައިފިއެވެ.

މުބާރާތުގައި ރާއްޖެ މިއަދު ލީގު ބުރުގެ ފަހު މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ތުރުކުމިނިސްތާން ކާމިޔާބުކުރީ 22-25އިންނެވެ. ދެވަނަ ސެޓް 15-25އިން ތުރުކުމިނިސްތާން ކާމިޔާބުކުރިއިރު ފަހު ސެޓު ތުރުކުމިނިސްތާން ކާމިޔާބުކުރީ 20-25އިންނެވެ.

 މުބާރާތުގައި ރާއްޖެ ކުޅުނު ތިންމެޗުންވެސް ބަލިވެފައިވާއިރު، ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ކިރިގިސްތާނާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ނޭޕާލާ ވާދަކޮށް ރާއްޖެ ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ. މިއަދު މެޗުން މޮޅުވި ތުރުކުމިނިސްތާން ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވާއިރު ލީގުގެ އެއްވަނަ ޓީމްގެ ގޮތުގައި އެޓީމް ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. ފައިނަލްގެ ދެވަނަ ޖާގަ ޔަޤީން ވާނީ ނޭޕާލާ ކިރިގިސްތާން ވާދަކުރާ ސެމީފައިނަލް މެޗަށްފަހުއެވެ. 

ފުރަތަމަ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފައިނަލުން ރާއްޖެ ޖާގަ ހޯދިއިރު ދެވަނަ މުބާރާތުން ރާއްޖެ ވަނީ ތިންވަނަ ހޯދާފައެވެ. އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތް ރާއްޖެ ނިންމާލަން ޖެހުނީ ޕޮއިންޓެއްވެސް ނުލިބިއެވެ.