ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި އޮސްޓްރޭލިއާގެ އީޑިތް ކޯވަން ޔުނިވާސިޓީއާއި ދެމެދު ރިސާޗު ކުރުމާއި މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޤައުމީ ޔުނިވާސިޓީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ، ފަސް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން އީޑިތް ކޯވަން ޔުނިވާސިޓީގެ މުވައްޒަފުން ޤައުމީ ޔުނިވާސިޓީއަށް އައިސް މަސައްކަތުގެ މާހަލުގައި އެފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ. އަދި ޑިގްރީ އިން ފެށިގެން މާސްޓަރ ޕްރޮގްރާމްތައް މި ޔުނިވާސިޓީއާއި ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި އުއްމީދުކުރަނީ މިއެއްބަސްވުމުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ގިނަގުނަ ފައިދާތަކެއް ވާނެކަމަށް ކަމަށް އަލީ ފަވާޒް ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފްއެވެ. އީޑިތް ކޯވަން ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ ކްރެއިގް ވައްލީއެވެ.