އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް އައްޑުސިޓީގެ ޕޮލިޓެކްނިކް ކެމްޕަހުގައި ތަމްރީން ޙާސިލްކުރަމުންގެންދާ ދަރިވަރުންގެ މަސައްކަތްތަކާއި އެތަނުގެ ކޯސްތައް ކުރިއަށްގެންދަވާ ގޮތް ބައްލަވާލައްވައިފިއެވެ.
އެކަމަނާ އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ކެމްޕަހަށް ވަޑައިގަތީ މިއަދުއެވެ. މި ކެމްޕަހުގައި ގިނަ ކޯސްތަކެއް ހިންގައެވެ. އޭގެ ތެރޭގައި، އަތްތެރި މަސައްކަތްތަކާއި ލިޔެލާޖެހުމާއި ކަރަންޓް ވަޔަރިންގ ކޯސްތަކާއި ވިޔަފާރިއާއި އޮފީސް މެނޭޖުމަންޓް ކޯސްތައް ހިމެނެއެވެ.
ޕޮލިޓެކްނިކް އައްޑޫސިޓީ ކެމްޕަހުގައި ފަނަރަ ދަރިވަރުން މިހާރު ތަމްރީން ހަދަމުންދެއެވެ.