އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން އެ ފިހާރައިން ވިއްކާ ހުރިހާ ބާވަތެއްގެ އަގު ދަށްކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. img:http://s1.psmnews.mv/images/660x400/14847284778789.JPG|އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް - ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓްގެ މި ޕްރޮމޯޝަން ކުރިއަށްދަނީ ކިކް އޮފް ސޭލް 2017ގެ ނަމުގައެވެ. މި ޕްރޯމޯޝަން ކުރިއަށް ދާނީ 18 ޖެނުއަރީ އިން 18 ފެބްރުއަރީ 2017ގެ ނިއަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައެވެ. އަދި މީގެ އިތުރުން ޕްރޮމޯޝަން ކުރިއަށްދާއިރު ޕްރޮޑަކްޓް ޑެމޯތައްވެސް ހޯމް އިމްޕްރޫވްމަންޓްގައި ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއަކީ ހިޓާޗީ، ފިލިޕްސް، މަކިޓާ، ނިޕޯން އަދި ސެމްސަންގް ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. img:http://s4.psmnews.mv/images/660x400/14847285014924.JPG|އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް - ފޮޓޯ: އެސްޓީއޯ