ޚަބަރު

ފީފާ ވޯލްޑްކަޕް 2026 ގްރޫޕް ކޭ: ކޮލަމްބިއާ – ޕޯޗުގަލް / ކޮންގޯ – އުޒްބެކިސްތާން


ފީފާ ވޯލްޑްކަޕްގެ ގްރޫޕް ކޭ ގައި މިރޭ ކޮލަމްބިއާ އާއި ދެކޮޅަށް ޕޯޗުގަލް ނިކުންނައިރު, ކޮލަމްބިއާ ވަނީ ގްރޫޕްގައި ފުރަތަމަ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ޖުމްލަ 6 ޕޮއިންޓް ހޯދާފަ އެވެ.

ކޮންގޯ އާއި އުޒްބެކިސްތާނާއި ދެކޮޅަށް ކުޅުނު ދެ މެޗުން ކޮލަމްބިއާ މޮޅުވެފައިވީ ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އުޒްބެކިސްތާން އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް ކޮންގޯ އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ކޮލަމްބިއާ އިން މި މެޗަށް ނިކުންނައިރުވެސް އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. މި މެޗަށް ކޮލަމްބިއާ އާއި ޕޯޗުގަލް ނިކުންނައިރު އެންމެ ފަހުން ކޮލަމްބިއާ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު މޮޅުވެފައިވާއިރު ބަލިވެފައިވަނީ އެއް މެޗުންނެވެ. ޕޯޗުގަލް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު މޮޅުވެފައިވާއިރު އެއް މެޗުވަނީ އެއްވަރުވެފަ އެވެ.

މަޔާމީ ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ކޮލަމްބިއާ އާއި ޕޯޗުގަލް ނިކުންނައިރު, ޕޯޗުގަލްއަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އުޒްބެކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު އޭނާއަށް އިތުބާރު ބޮޑުވެފައިވުމެވެ. އަދި މި މެޗުގައި ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ފީފާ ވޯލްޑްކަޕްގެ ހަ މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ކޮންގޯ އާއި އުޒްބެކިސްތާނުން ގްރޫޕްގެ ފަހު މެޗަށް ނިކުންނައިރު, މި ދެ ޓީމުން ވެސް މަސައްކަތް ކުރާނީ މި ފަހަރުގެ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވުމަށެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅޭ މި މެޗުން މޮޅުވެގެން ކޮންމެ ޓީމަކަށްވެސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހުޅުވިފައިވާއިރު ކޮންގޯ އިން ވަނީ ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފަ އެވެ.