ޚަބަރު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާގެ ސެޓްފިކެޓް ދީފި


ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު 25 ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. img:http://s2.psmnews.mv/images/660x400/14760348045985.jpg|ދިރާގު އެޕްރެންޓިސްޝިޕްގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދު - ފޮޓޯ: ޕީއެސްއެމް

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނާ ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާޢީލް ރަޝީދު ވިދާޅުވީ، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުން ތަމްރީން ބޭނުންވެފައިވާ ޒުވާނުންނަށް ހުޅުވާލާ ދޮރެއްކަމަށާއި ޤައުމަށް ކޮށްދޭ، ވަރަށް އަގުހުރި ޚިދުމަތެއް ކަމަށެވެ. img:http://s1.psmnews.mv/images/660x400/14760347374019.jpg|ދިރާގު އެޕްރެންޓިސްޝިޕްގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އެހެންކަމުން ޕްރޮގްރާމުގެ އެހީގައި އެކި ދާއިރާތަކުން ލިބޭ މަސައްކަތުގެ ތަމްރީނަކީ ދިރިއުޅުމުގެ ހުރިހާ މަރުޙަލާއެއްގައިވެސް ބޭނުން ހިފޭނެ ތަމްރީންތަކެއް ކަމަށް އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.

ދިރާގުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރަން ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުން، އަހަރަކު އެއްފަހަރު ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށީ 2009 ވަނަ އަހަރުއެވެ. img:http://s2.psmnews.mv/images/660x400/14760347524354.jpg|ދިރާގު އެޕްރެންޓިސްޝިޕްގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ޕްރޮގްރާމަށް ހޮވޭ ކުދިންނަށް ތަފާތު އެތައް ދާއިރާއަކުން ތަމްރީނު ދެވޭނެކަމަށް ދިރާގުން ބުނެއެވެ. އޭގެތެރޭގައި ބޮޑަށް ހިމެނެނީ ހިންގުމާއި ފައިނޭންސާބެހޭ މަސައްކަތުގެ ދާއިރާއެވެ.