ޚަބަރު

އެމްޑަބްލިޔުއެސްސީގެ ޗެއަރމަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި


  • ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ސަރުކާރުން އަންނަނީ ބަދަލުތައް ގެންނަވަމުން

މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް، އެމްޑަބްލިޔުއެސްސީގެ ޗެއަރމަން ޝަމްހޫޒާ އަޙްމަދު އެ މަޤާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެ ބޯޑުން ވިދާޅުވީ، ޝަމްހޫޒާ އަޙްމަދު މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުންނާއި ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައިވާ ކަަމަށެވެ.

ޝަމްހޫޒާ މަޤާމުން ވަކިކޮށްފައިވާއިރު ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ، ބަދަލުތައް ގެންނަވަމުންނެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހު އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ޢަބްދުލްމަތީން މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަޤާމަށް މިހާރު ވަނީ ޙުސެއިން ފަޙުމީ އައްޔަން ކުރައްވާފައެވެ.