ޚަބަރު

ތިނަދޫ 50 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި


  • 3 ކޮޓަރީގެ 50 ހައުސިން ޔުނިޓު ތަރައްޤީކުރާނެ

  • މި މަޝްރޫއުގެ މުއްދަތަކީ 450 ދުވަސް

ތިނަދޫ ސިޓީގައި ތަރައްޤީކުރާ 50 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ.

ތިނަދޫ ސިޓީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގާ މި މަޝްރޫއުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 ހައުސިންގ ޔުނިޓުތަކެވެ. މި މަޝްރޫއުގެ މުއްދަތަކީ 450 ދުވަހުއެވެ.

މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެތެރެއިން ތިނަދޫ ސިޓީއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ސިޔާސަތަކީ، ތަރައްޤީގެ މިންގަނޑުން ބަލާއިރުގައި ގެދޮރުވެރިކަންކަމަށް ފާހަގަކުރައްވާފައެވެ. އައްޑޫ ސިޓީ، ފުވައްމުލައް، ހުވަދުއަތޮޅު ދެކުނުބުރި، ހުވަދުއަތޮޅު އުތުރުބުރި، ޒޯނުގައި އެންމެ ގިނަ ފްލެޓުތަކާއި ހައުސިންގ ޔުނިޓުތައް އެޅިގެންދާނީ ސަރުކާރުން އެކުލަވާލާ ޕްލޭންގެ ދަށުންކަން ރައީސް ފާހަގަކުރެއްވިއެވެ.