ސްޕޭނާއި އާޖެންޓީނާ ބައްދަލު ކުރަން ހަމަޖައްސާފައިވާ ފައިނަލިސިމާ ފައިނަލް މެޗު ސްޕޭނުގެ ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅެން އާޖެންޓީނާއިން ދެކޮޅު ހަދައިފި އެވެ.
ޔޫރަޕުގެ ޗެމްޕިއަން ސްޕޭނާއި ދުނިޔޭގެ ޗެމްޕިއަން ވާދަ ކުރާ މި މެޗު ކުޅެން އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ މި މަހުގެ 27ގައި ގަތަރުގެ ލުސައިލް ސްޓޭޑިއަމުގަ އެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅުނު ތަނެވެ. ނަމަވެސް މި ދަނޑުގައި މެޗު ކުޅެވޭގޮތް ނުވީ އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުން ރައްދުގައި އިރާނުން މެދުއިރުމަތީގައިވާ އެމެރިކާގެ ތަންތަނަށް ހަމަލާދޭން ފެށުމުންނެވެ. ގަތަރަކީ އެމެރިކާއާ ގާތް އެކުވެރި ގައުމެކެވެ. އެ ގައުމުގެ މައި އެއާޕޯޓަށް މިސައިލުން ދިން ހަމަލާތަކާއެކު ގަތަރުން މިހާރު ވަނީ ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ވެސް ހުއްޓާލައިފަ އެވެ.
މިހެންވުމުން މި މެޗު ކުޅޭނެ ތަނެއްގެ ގޮތުގައި އިއްޔެ ކަނޑައެޅީ ސްޕޭނުގެ ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަމުގަ އެވެ. ސްޕޭނުގައިވާ އެންމެ ޒަމާނީ އަދި ޖާގަ ބޮޑު ސްޓޭޑިއަމުގައި މެޗު ކުޅެން ދެކޮޅު ހެދީ އާޖެންޓީނާއިންނެވެ. ވަކި ސަބަބެއް ނުބުނެ އެވެ. ނަމަވެސް ރެއާލްގެ ދަނޑަކީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެހާ ގަޔާވާ ތަނެއް ނޫނެވެ. އޭނާ އަކީ ރެއާލްގެ އެންމެ ބޮޑު ވާދަވެރިޔާ ބާސެލޯނާގައި އުޅެބޮޑުވި އެކުލަބުގެ އެންމެ ވަރުގަދަ ލެޖެންޑެވެ.
ވަކި ސަބަބެއް ނުބުނެ އާޖެންޓީނާއިން ބުނީ މެޗު ކުޅެން އެ މީހުން ބޭނުންވަނީ އާޖެންޓީނާގެ ރިވަޕްލޭޓްގެ ދަނޑުގައި ކަމަށެވެ. މިއީ މެޑްރިޑުގައި މެޗު ކުޅުން ހުއްޓުވަން ވެގެން ދެއްކި ވާހަކައެއް ކަމަށް ބެލެވެ އެވެ. މިއަށްފަހު އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ވަނީ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނާއެކު މެޗުގެ އިންތިޒާމުގެ މަޝްވަރާ ކޮށްފަ އެވެ.
މި ބައްދަލުވުމަށްފަހު އިނގިރޭސިވިލާތުގެ މަޝްހޫރު ވެމްބްލީ ސްޓޭޑިއަމުގައި މެޗު ކުޅުމުގެ ހިޔާލެއް އާޖެންޓީނާއިން ވަނީ ދީފަ އެވެ. މިކަމާމެދު އަދި ޔޫއޭފާއި އާއި ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަކި ގޮތެއް ނުނިންމަ އެވެ. ނަމަވެސް ޖޫން މަހު ފަށާ ވޯލްޑް ކަޕުގެ ކުރިން މި ދެ ބައްރުގެ ޗެމްޕިއަނުންގެ ފައިނަލް މެޗު ކުޅެން ދެ ގައުމުން ވެސް ބޭނުންވެ އެވެ. ސަބަބަކީ މި މެޗަކީ އާޖެންޓީނާ އާއި ސްޕޭން ވެސް ވޯލްޑް ކަޕަށް ތައްޔާރުވުމަށް ރާވާފައިވާ މެޗުތަކުގެ ތެރޭގައި ހިމެނޭ މެޗަށްވުމާ ވެސް އެކުގަ އެވެ.
ފައިނަލިސިމާ ފައިނަލް އެންމެ ފަހުން ކުޅުނީ 2023ގަ އެވެ. އާޖެންޓީނާ އާއި އޭރުގެ ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ވާދަކުރި މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ އާޖެންޓީނާ އެވެ.
ފީފާގެ ރައީސް މިހެން ވިދާޅުވި ނަމަވެސް ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި އިރާނުން ވޯލްޑް ކަޕް ނުކުޅަސް ވަރިހަމަ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން އޭނާ ސީދާކޮށް މިކަމާމެދު އަދި ވާހަކަފުޅެއް ނުދައްކަވަ އެވެ.
އެމެރިކާއިން އިރާނަށް ހަމަލާ ދިނުމާ ގުޅިގެން އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ނެތްކަން ޔަގީންވާ ތަނަކަށް އިރާނުން ނުދާނެ ކަމަށާއި މިވަގުތުގެ ހާލަތު އޮތް ގޮތުން އެމެރިކާގައި ވޯލްޑް ކަޕް ކުޅެން ދާން އިރާނުން ނުވިސްނާ ކަމަށެވެ.
ނަމަވެސް އިންފަންޓީނޯ އަކީ ޓްރަމްޕްގެ ގާތް އިސް ބޭފުޅެކެވެ. އެކަމަކު އިންފަންޓީނޯ، ވޯލްޑް ކަޕާ ގުޅުވައި އިރާނާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއިރު އޭނާ އަކީ ވޯލްޑް ކަޕް ގުރު ނެގި ރަސްމިއްޔާތަށް އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސްވެރިން ވަޑައިގަންނަވަން އެމެރިކާއިން ވިސާ ނުދިނުމުން އެކަން ހައްލުކޮށް ނުދެވުނު ބޭފުޅެކެވެ.