ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ފޭސް 2އިން މީހަކު ހައްޔަރުކޮށްފި


  • މި މީހާ ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ލުބޯމާގެ / މާލެ، އަޙްމަދު ޙަމްދާން (26އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާރިޗު 12 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގެ ފުލުހުން ޕެޓްރޯލު ކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ސެލޯފިން ކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އަޙަމަދު ޙަމްދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.