ޚަބަރު

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ


  • މި މީހާ ފެނުނީ މިއަދު ހަވީރު 16:41 އެހާކަށްހާއިރު

  • މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއް

އައްޑޫސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ސަރަހައްދުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ކަމަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 16:41 އެހާކަށްހާއިރު ކަމަށެވެ.
އަދި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީއެއް ކަމަށާއި، އެހެންނަމަވެސް އެއީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި މީހާ މަރުވާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކޮށް، މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.