ކުރިއަށް އޮތް ޒޯން ފުޓްބޯޅަ މުބާރާތުގައި ކ. ހުރާގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަހުމަދު ޝަރީފް (ޑުންގާ) ހަމަޖައްސައިފި އެވެ.
ހުރާ ކައުންސިލުން މިހާރު ވަނީ ޑުންގާއާ އެކު ސޮއިކޮށްފަ އެވެ. ނަމަވެސް ޓީމުގެ ފަރިތަކުރުންތައް މިހާރު ވަނީ ފަށައިފަ އެވެ.
ހުރާގެ ކޯޗަކަށް ކުރިން ހުރީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. އޭނާ މިހާރު ކޯޗު ކޮށްދެމުން އަންނަނީ ފުރަތަމަ ޑިވިޝަނުގެ ޓީސީ އަށެވެ.
ޑުންގާ އަކީ ކުރީގެ ކުޅުންތެރިއެވެ. އޭނާ ބޮޑަށް ފެނިގެންދިޔައީ ފުޓްބޯޅަ އެސޯސިއޭޝަނުގެ މަސައްކަތްތަކުގަ އެވެ. މި ގޮތުން އެ އިދާރާގެ ޓެކްނިކަލް ޑައިރެކްޓަރުކަން ވެސް ކުރި ކޯޗު ވަނީ މި ފަހުން އަތޮޅު ތެރޭގެ ގިނަ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ.
ހުރަ އަކީ ފުޓްބޯޅައިގައި މަޝްހޫރުކަން ހޯދި ރަށެކެވެ. އަކުން އެ ރަށު ފުޓްބޯޅަ ޓީމު ބިނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ހުރާ ފުރަތަމަ ޑިވިޝަނުގައި ވާދަ ނުކުރާތާ މިހާރު 15 އަހަރުވެއްޖެ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަނުން މެދުކެނޑުމަކަށް ފަހު މި އަހަރު އަލުން އަތޮޅު އަދި ޒޯން މުބާރާތް ބާއްވަން ފަށާފައިވާއިރު ރޯދައިގެ ފަހުން ފައިނަލް ބުރު އޮންނާނީ މާލޭގަ އެވެ.