ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތީގައި ޖަހާ ލޯގޯ ދޫކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާ ދެމެދު ސޮއިކޮށްފިއެވެ.
ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއިން ވިދާޅުވީ މި ފަހުމުނާމާގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުމާއި، ވަކި އުސޫލެއްގެ ދަށުން މޮނިޓަރ ކުރެވިގެން އެފަރާތްތަކުގެ ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދިނުންކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަކެތީގައި ޖަހާ ލޯގޯ ދޫކޮށް ހިނގުމާ ގުޅެގޮތުން މި ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި.
— Ministry of Social and Family Development (@MSFDmv) October 19, 2025
މި ފަހުމުނާމާގެ މަޤަޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތްކުރުމުގެ… pic.twitter.com/RXabmyIxdn
މިލޯގޯ ބޭނުންކުރަން ފެށުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މަސައްކަތްތެރިކަމާއި، އެފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމުގެ ފުރުޞަތުތައް ފަހިވެގެންދާނެކަމަށްވެސް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތީގައި ލޯގޯއެއް ޖެހުމަށް ނިންމާފައިވާއިރު އެ ލޯގޯއަކީ ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހިވަންތަކަން ދައްކުވައިދޭ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަމްޒުކޮށްދިނުމާއި މަސައްކަތްތެރިކަމާއި ހުނަރު ދައްކުވައިދޭ ގޮތަށް ތަައްޔާރުކުރާ ލޯގޯއެކެވެ.