ކުޅިވަރު

ދުނިޔޭގެ ރޭންކިންގެ އެއްވަނަ ސްޕެއިނަށް


ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ އެއްވަނަ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނުން ދަމަހައްޓައިފިއެވެ.

އިއްޔެ ނެރުނު ރޭންކިގައި ސްޕެއިނަށް އެއްވަނަ ލިބުނުއިރު، ދެވަނައިގައި ވަނީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއެވެ. ތިންވަނަ ލިބުނީ ފްރާންސަށެވެ.

ހަތަރު ވަނައިގައި ވަނީ އިނގިރޭސިވިލާތެވެ. ފަސްވަނައިގައި ޕޯޗުގަލް އޮތްއިރު، މި ފަހަރު ހަވަނަ ހޯދީ ނެދަލަންޑްސް އެވެ. ބްރެޒިލަށް ލިބުނީ އެއް ދަރަޖައިގެ ވެއްޓުމަކާއެކު ހަތްވަނައެވެ. އަށްވަނައިގައި ވަނީ ބެލްޖިއަމްއެވެ. އޭގެ ފަހުން އިޓަލީ އާއި ޖަރުމަން ގަދަ 10ގެ ތެރޭގައި ތިބީ އެއް ދަރަޖައިގެ ކުރިއެރުމަކާއެކުގައެވެ.

އޭޝިއާއިން އެއްވަނަ ލިބުނީ ދުނިޔޭގެ 19 ވަނައިގައި އޮތް ޖަޕާނަށެވެ. އެފްރިކާގެ އެއްވަނަ ގައުމަކީ މޮރޮކޯއެވެ. އެ ގައުމުގެ ދުނިޔޭގެ ވަނައަކީ 12 ވަނައެވެ. ދެކުނު އެމެރިކާއިން އެއްވަނަ ގައުމަކީ އާޖެންޓީނާއެވެ. ކޮންކާކަފް ސަރަހައްދުގެ އެއްވަނަ ލިބުނީ މެކްސިކޯއަށެވެ. އެ ގައުމު އޮތީ ދުނިޔޭގެ 14 ވަނައިގައެވެ. އޯޝޭނިއާގެ އެއްވަނަ ގައުމަކީ ދުނިޔޭގެ 85 ވަނާގައި އޮތް ނިއު ޒީލެންޑެވެ. ޔޫރަޕުގެ އެއްވަނަ ލިބުނީ ސްޕެއިނަށެވެ.

މި ފަހަރުގެ ރޭންކިންގައި އެއްވަނަ ބޮޑު ކުރިއެރުމެއް ލިބުނީ ނިގާ އަށެވެ. އެ ގައުމަށް ނުވަ ދަރަޖަ ކުރިއެރުން ލިބުނުއިރު، އެންމެ ބޮޑަށް ފަހަތަށް ދިޔައީ 37 ޕޮއިންޓް މަދުވެ ފެރޯ އައިލެންޑްސްއެވެ. ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ކޮސޯވޯއިންނެވެ. އެންމެ ބޮޑަށް ފަހަތަށް ދިޔައީ އަށް ދަރަޖަ ފަހަތަށް ދިއުމުން ގްރީސްއެވެ.

އަންހެން ޓީމުތަކަށް ބަލާއިރު އެއްވަނަ ގައުމަކީ ސްޕެއިނެވެ. ދެވަނަ އެމެރިކާ އަދި ތިންވަނަ އަކީ ސްވިޑެންއެވެ. ތިރީގައި މިވަނީ އަންހެން ރޭންކިންގެ ގަދަ 10 ގައުމެވެ.
1. ސްޕެއިން
2. އެމެރިކާ
3. ސްވިޑެން
4. އިންގްލަންޑް (ޔޫރަޕުގެ ޗެމްޕިއަން)
5. ޖަރުމަން
6. ފްރާންސް
7. ބްރެޒިލް
8. ޖަޕާން
9. ކެނެޑާ
10. އުތުރު ކޮރެއާ

ފީފާ ރޭންކިން ކޮންމެ މަހަކުވެސް ނެރެނީ ގައުމީ ޓީމުތަކުން ނެރެފައިވާ ނަތީޖާތަކަށް ބަލައިގެންނެވެ.