ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި އެކުންފުނި ހިންގުމަށް ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ހުސައިން ފަހުމީ ޝުކުރު އަދާކުރައްވައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑްއިން މިއަދު ވަނީ އިއުލާންކޮށްފައެވެ. މި ނިންމުމާއެކު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ 27އަހަރު ވަންދެން ސްޓެލްކޯގައި މަސައްކަތް ކުރެއްވިއިރު އެކުންފުނީގައި އެންމެ އިސް މަޤާމުގައި ހުރުމުގެ ޝަރަފު ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ޝުކުރު އަދާކުރައްވާކަމަށެވެ.
I extend my heartfelt gratitude to President Dr. Mohamed Muizzu for granting me the privilege of leading STELCO which I have Served for 27 years
— Hussain Fahmy (@HussainFahmy09) September 7, 2025
I would like to thank the Executives and employees whose hard work and commitment have been the driving force behind STELCO’s success.…
ފަހުމީ ވަނީ އެ ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ. އަބަދުވެސް އެދެނީ ސްޓެލްކޯ އިތުރަށް ކުރިއަރައި، ގިނަ ކާމިޔާބީތައް ހާސިލް ކުރަން ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯގައި 25 އަހަރު ހިދުމަތް ކުރެއްވިފަހުން ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023 ގައެވެ. ހުސެއިން ފަހުމީއަކީ އެ ކޮންޕެނީގައި އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވި އެއް މުވައްޒަފެވެ. ސްޓެލްކޯއާ އޭނާ ގުޅިވަޑައިގަތީ 1988 ވަނަ އަހަރު ޓްރެއިނީއެއްގެ ގޮތުގައެވެ. އެމްޑީ ކަމުގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައެވެ.