ހދ. ކުރިނބީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެފްޑީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިނބީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
މަލްޓި ޕަރޕަސް ހޯލު އެޅުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު މުޙައްމަދެވެ. އަދި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރައްޒާނެވެ.
ކުރިނބީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އިތުރަށް ސްކޫލަށް ޖާގަ އިތުރުކުރަން ނުޖެހޭ ގޮތަށް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން 4 ކްލާސްރޫމް އެޅޭނެކަމަށް ރައީސް ވިދާޅުވިއެވެ.