ދިވެހި ބަހުގެ އެކެޑަމީގައި ކުރިން ތިއްބެވި ދެ މެމްބަރަކާއެކު އެ އެކެޑަމީއަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން ޢައްޔަންކުރައްވައިފިއެވެ. ދިވެހި ބަހުގެ އެކެޑަމީއަށް ރައީސުލްޖުމްހޫރިއްޔާ އަލަށް ޢައްޔަންކުރެއްވި ދެ މެންބަރުންނަކީ މ. ޑައިމަންޑް ވެލީ މުޙައްމަދު ޝާހިދު ޙަލީމާއި، ހ. ފޮއްދޫގެ މުޙައްމަދު ނަޝީދުއެވެ.
މީގެ އިތުރުން އެ އެކެޑަމީގައި ކުރިން ތިއްބެވި ދެ މެމްބަރުންކަމަށްވާ އަޝްރަފް ޢަލީއާއި ރާފިޢާ ޢަބްދުލް ޤާދިރުވެސް ވަނީ އާ ދައުރަކަށް މެމްބަރުންގެ ގޮތުގައި ޢައްޔަންކުރައްވާފައެވެ. ދިވެހި ބަހުގެ އެކެޑަމީއަށް މެންބަރުން ޢައްޔަނުކުރެއްވީ ބޯޑުގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ ތެރެއިން އެއް މެންބަރެއް ފިޔަވައި އެހެން މެންބަރުންގެ ދައުރު ހަމަވުމުންނެވެ.
ދައުރު ހަމަނުވެ ދިވެހި ބަހުގެ އެކަޑީމީގެ ބޯޑުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޢަބްދުއްރަޝީދު ޙުސައިންގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ތެރޭގައެވެ.