ޚަބަރު

ޑިންގީއެއް ބަންޑުންޖަހާލައި ކަނޑުވި 17 މީހަކު ސަލާމަތްކޮށްފި


  • 3 މީހަކު ފަތާފައިގޮސް ޒަމާނީ އައިލެންޑް ރިސޯޓަށް އަރާފައިވޭ

  • ފުލުހުން ދަނީ ޑިންގީ ބަންޑުން ޖަހާލި ސަރަހައްދުގައި ހަރަކާތްތެރިވަމުން

މާލެ އަތޮޅު ޒަމާނީ އައިލެންޑު ރިސޯޓު ކައިރިން ބަންޑުންޖަހާލި ޑިންގީން ދަތުރުކުރި 17 މީހަކު ސަލާމަތްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ އަތޮޅު ޒަމާނީ އައިލެންޑު ރިސޯޓު ކައިރިން ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލާފައިވާކަން މިރޭގެ ވަގުތެއްގައި ރިޕޯޓް ކޮށްފައިވާކަމަށެވެ.

އެޑިންގީން ދަތުރުކުރީ 17 ބިދޭސީން ކަމަށާއި، އެ ހުރިހާ އެންމެންވެސް މިހާރު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެތެރެއިން 3 މީހަކު ފަތާފައިގޮސް ޒަމާނީ އައިލެންޑް ރިސޯޓަށް އަރާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، މެރިން ޕޮލިސް، ކ. އަތޮޅު ފޮލިސް އަދި ކ. އަތޮޅު ރިސޯޓު ތަކުގެ ލޯންޗުތައްވެސް ޑިންގީ ބަންޑުން ޖަހާލި ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަކަމަށް ފުލުހުން ވިދާޅުވިއެވެ.