ޚަބަރު

ކުޅުދުއްފުށީގައި ދުވަން ނިކުމެ އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ


  • ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ ވަނީ ނިޔާވެފައި

  • ނިޔާވެފައި ވަނީ ހދ. ކުޅުދުއްފުށި / ޖިފުޑި، ހަސަން މޫސާ 67 (އ)

ހދ. ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުންދިޔަ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ހދ. ކުޅުދުއްފުށި / ޖިފުޑި، ހަސަން މޫސާ 67 (އ) މިއަދު ފަތިހު 05:00 އެހާކަންހާއިރު ގެއިން ނުކުމެގެން ދުވަސް ދުއްވަން ދިޔަ ގޮތައް ޚަބަރެއް ނުވާކަމަށް 10:30 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަަމަށެވެ.

ހަސަން މޫސާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އޭނާ ފެނުނީ ކުޅުދުއްފުށި ޒޯން ސްޓޭޑިއަމް ފާހާނާ ތެރޭގައި ވެއްޓިފައި އޮއްވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށާއި، އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ހޮސްޕިޓަލާ ހަވާލާދެއްވާ ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.