ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫޢުއްގައި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތައް އެ ދެ ކުންފުންޏައި ހަވާލުކުރުމަށް މިއަދު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މިގޮތުން ފެނަކައާ ހަވާލުކުރީ ހއ، ރ. ކ. ތ އަދި ލ އަތޮޅުގެ ބައެއް ރަށްތަކުގެ 13 މަޝްރޫޢުއެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މައޫލޫމާތު ދެއްވައެވެ. ޢޭގެތެރޭގައި ހިމެނެނީ 4 އައުޓްޑޯ ޖިމް، 3 ފުޓްސަލް ދަނޑު، 2 ހޭންޑްބޯޅަ ކޯޓު، 2 އައުޓްޑޯ ވޮލީކޯޓު އަދި 2 ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތްތަކެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކުރީ 11 މަޝްރޫޢެކެވެ. އޭގެތެރޭގައި ހިމެނެނީ 5 އައުޓްޑޯ ޖިމް، 3 ފުޓްބޯޅަ ދަނޑު (ސަބްބޭސް، ޓާފް، ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުން)، 1 ހޭންޑްބޯޅަ ކޯޓު، 1 ފުޓްސަލް ދަނޑުގެ އިތުރުން ފ. ބިލެތްދޫ ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.
އާރުޑީސީއާއި ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ނ، ރ، ކ، ފ، ތ، ގއ، އަދި ގދ އަތޮޅުގެ ރަށްތަކުގެ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ މަޝްރޫޢުތަކެވެ.
މިއީ ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާ މަޝްރޫއުތަކެކެވެ.