އިނގިރޭސިވިލާތުގެ އެސެކްސްގެ ސައުތުއެންޑް ވައިގެ ބަނދަރަށް މަތިންދާބޯޓެއް ވެއްޓި ބޮޑު ގޮވުމެއް ގޮވައިފިއެވެ.
އެސެކްސްގެ ކައުންސިލަރެއްކަމަށްވާ މެޓް ޑެންޓް ވިދާޅުވީ މި ވަގުތަށް އެނގޭ ހަމައެކަނި މަޢުލޫމާތަކީ ސައުތުއެންޑް ވައިގެ ބަނދަރަށް ކުޑަ މަތިންދާބޯޓެއް ވެއްޓިފައިވާކަން ކަމަށެވެ. ކުއްލި ޙާލަތުގައި ޚަރަކާތްތެރިވާ ޚިދުމަތްތަކުން އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސެކްސްގެ ފުލުހުންގެ އިދާރާއިން ބުނީ 12 މީޓަރުގެ ކުޑަ މަތިންދާބޯޓެއް ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު ހަވީރުގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ. ހާދިޘާ ހިނގާފައިވާ ސަރަޙައްދަށް އާންމުން އެއް ނުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހާދިޘާ ހިނގި ވަގުތު އެ ސަރަޙައްދުން ބޮޑު އަލިފާން ބޯޅައެއް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހަކު ވަނީ ބުނެފައެވެ. އެ ސަރަަޙައްދުން ބޯ ދުންގަނޑެއް އަރާ މަންޒަރު މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނެއެވެ.