ޚަބަރު

ގަމު ލިންކު ރޯޑްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންވެސް އިތުރު ފަރުވާއަށް މާލެ ގެނެސްފި


  • އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާވެފައިވޭ

  • އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި ދިވެހި ފިރިހެން މީހާއަށް އަނިޔާ ވެފައި ނުވޭ

ލ. ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންވެސް އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ގަމުގެ ލިންކް ރޯޑުގެ އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލަކާއި ކާރެއްޖެހި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 19:03 އެހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއެކްސިޑެންޓާއި ގުޅިގެން އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދެމީހުންނަށެވެ. އެދެމީހުންނަށްވެސް އެކި ވަރުގެ އަނިޔާތައް ވެފައިވާއިރު އެދެމީހުންގެވެސް ފައި ބިނދިފައިވާކަމަށް ގަމު ކައުންސިލުން ވިދާޅުވިއެވެ. އަދި އިތުރު ފަރުވާއަށް މާލެ މިއަދު ފޮނުވާލާފައިވާކަމަށް ކައުސިލުން ވިދާޅުވިއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ރޭ ވިދާޅުވީ ސައިކަލުގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާވެފައިވައި ކަމަށެވެ. އެގޮތުން ސައިކަލު ދުއްވަންއިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައިގެ ދެތަނަކުން ބިނދި ބޯފެޅިފައިވާއިރު، އިތުރު އަނިޔާތަކެއްވެސް ވެފައިވާ ކަމަށެެވެ. އަދި ފަހަތުގައިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބޯ ދެތަނަކުން ފެޅި ކަނާތުފައި ބިނދި އިތުރު އަނިޔާ ވެފައިވާކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާ ވެފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި ދެ އުޅަނދަށްވެސް ވަނީ އެކިވަރުގެ ގެއްލުން ވެފަކަމަށެވެ.

މި މައްސަލަ ފުލުހުން ގެެންދަނީ ތަހުގީގު ކުރަމުންނެވެ.