ޚަބަރު

ހެންވޭރު ގެއަކުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ


  • ނިޔާވެފައި އޮއްވާ ފެނުނީ ގ. ލަންކާ އުމުރުން 46 އަހަރުގެ ޢަބްދުﷲ މުފީދު

  • އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ހެންވޭރުގައި ހުރި ގެއެއްގެ ފާހާނާ ތެރެއިން

މާލޭ ހެންވޭރުގައި ހުންނަ ގެއަކުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން ގ. ލަންކާ އުމުރުން 46 އަހަރުގެ ޢަބްދުﷲ މުފީދު ކަމަށެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ ފާހާނާ ތެރެއިން ކަމަށެވެ.

މިކަމާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.