ރޯދަ ބަދިގޭގައި މިއަދު ގެނެސްދޭނީ ވަރަށް ފަސޭއިން ތައްޔާރުކުރެވޭ ހެދިކާއެކެވެ. މިއަދު ގެނެސްދޭނީ "ޓޫނާ ޕެޓީސް" ތައްޔާރުކުރާނެ ގޮތެވެ.
ދަޅު މަސް
ފިޔާ
ލޮނު
އަސޭމިރުސް
ސެލަރީ
ކުކުޅު ހަވާދުކޮޅެއް
ޗިކަން ސްޓޮކް ޕައުޑަރ
ލުނބޯ
މަސްޓަޑް ޕޭސްޓް
ޕަރމަޝަން ޗީސް
ފްރެޝް ކޮރިއަންޑަރ
ކުކުޅު ބިސް
ޕާން/ބަނަސް
ޓޫނާ ޕެޓީސް ހަދާނީ ދަޅު މަހުގައެވެ. އެގޮތުން ދަޅުމަހާ އެއްކޮށް، ފިޔާ، ލޮނު، މުގުރި އަސޭމިރުސް، ސެލަރީ، ފްރެޝްން ކޮއިއަންޑާ ކުދިކޮށް ކޮށާލުމަށްފަހު މަސްކޮޅާ އެއްކޮށްލާނީއެވެ.
ދެން ޗިކަން ސްޓޮކް، މަސްޓަޑް، ޕަރމަޝަން ޗީސް އަދި ލުނބޯ ހުތްކޮޅު އަޅާ އެއްކޮށްލާނީއެވެ. ދެން މަސްރޮށި ހަދާ ބައްޓަމަށް ވަކިވަކިކޮށްލާނީއެވެ. އެންމެ ފަހުން 1 ބިސް އަދި ޕާންކޮޅު، މަސްގަނޑާ އެއްކޮށްލާނީއެވެ.
ޓޫނާ ޕެޓީސް އުނދުންމަތީ ތަވައެއްގައި ނުވަތަ އަވަނުގައިވެސް ފިހެވިދާނެއެވެ. މަޑު ގިނީގައި ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓު ފިހެލުމުން ހުންނާނީ، ޓޫނާ ޕެޓީސް ތައްޔާރުވެފައެވެ.
"ރޯދަ ބަދިގެ"ގައި މިއަދި މި ގެނެސްދިނީ ރޯދަ ވީއްލާ ގަޑިއަށް ރަނގަޅު، ހެދިކާގެ ބާވަތެއް ތައްޔާރުކުރާނެ ރެސިޕީއެވެ.
މި ބައި ކޮންމެ ދުވަހަކުވެސް ގެނެސްދެނީ ހުޅުލެ އައިލެންޑް ހޮޓެލްގެ އެހީތެރިކަމާއެކުއެވެ.