މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމުގައި ހުންނެވި ޝިޔާމް އިބްރާހިމް އެމަގާމުން ވަކިކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރިފަރާތްކަމަށްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައިވަނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމުގައި ހުންނެވި ގއ. ދެއްވަދޫ، އޯޝަންރީޑް ޝިޔާމް އިބްރާހިމް މިއަދު އެ މަޤާމުން ވަކިކޮށްފައިވާކަމަށެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ވަޖީހު އިބްރާހީމްވެސްވަނީީ ދާދިފަހުން އެމަގާމުން ވަކިކުރައްވާފައެވެ. އަދި އެމަގާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާނު، ވަނީ އައްޔަންކުރައްވާފައެވެ.