ޚަބަރު

ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމަށް މަރްޔަމް ޝަމްޢާ އިސްމާޢީލް އައްޔަންކޮށްފި


  • ޝަމްޢާ އެ މަޤާމަށް އައްޔަންކޮށްފައިވަނީ، މަޤާމުގައި ކުރިން ހުރި ވިސާމް އިސްތިއުފާ ދިނުމުން

  • ރެޖިސްޓްރަރ އަށް ކުންފުނިތަކާއި ގުޅޭ ގިނަ ބާރުތަކެއް ލިބޭ

ރެޖިސްޓްރަރ އޮފް އޮފް ކޮމްޕެނީސްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް އައްޔަންކޮށްފިއެވެ.

އެ މަޤާމަށް އޭނާ ޝައްމާ ޢިސްމާޢީލް އައްޔަންކޮށްފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި މަރިޔަމް ވިސާމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ރެޖިސްޓަރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލަށް އައްޔަންކޮށްފައިވާ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢިލް ވަނީ ބެޗްލަރ އޮފް ލޯ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިން ހާސިލްކުރައްވާފައެވެ. އޭނާ ވަނީ 2021ވަނަ އަހަރުން ފެށީގެން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް އަދާކުރައްވާފައެވެ.

އޭގެ ކުރިން ޝަމްޢާ ހުންނެވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ، ލީގަލް ކޮންސަލްޓަންޓުގެ މަޤާމުގައެވެ. އޭނާ ވަނީ ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަޤާމާއި ސްޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަޤާމުވެސް މީގެ ކުރިން ފުރުއްވާފާއެވެ.

ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމަށް މީހަކު އައްޔަން ކޮށްފައިވާއިރު، އެ މަޤާމުގައި ހުންނަ ފަރާތަކީ ގިނަ ބާރުތަކެއް ޤާނޫނީގޮތުން ލިބިފައިވާ ފަރާތެކެވެ. އެގޮތުން، ކުންފުނިތައް ޤާނޫނާއި އެއްގޮތަށް ހިންގާތޯ ޔަޤީންކޮށް ކުންފުނިތައް ދައްކަން ޖެހޭ ފީތައް ނުދައްކާ ނަމަ ހުއްޓުވުމުގެ އިޙްތިޔާރު ލިބިގެންވެއެވެ. މީގެ އިތުރުން ކުންފުނިތަކުގެ ނަންތައް ފާސްކުރުމާއި ކުންފުނިތައް އުވާލުމުގެ ބާރު ރެޖިސްޓްރާއަށް ލިބެއެވެ.