ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް މާލެއާ ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މާލޭގެ އެކި މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް އަދި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެކަންކުރަނީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު މަގުތައް ބޭނުންކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށްކަމަށެވެ.
މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުންގެންދާއިރު، ހުޅުމާލޭގައިވެސް އެމަސައްކަތް ފަށާފައިވަނީ
އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކޮށް، ޕާކު ކުރާނެ ޖާގަ ހެދުމަށްކަމަށް ފުލުހުންހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ތެރެއިން
— Maldives Police (@PoliceMv) January 21, 2025
މިމަސައްކަތަކީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށާއި ޕާކް ކުރާނެ ޖާގަ ހެދުމަށް ކުރެވޭ މަސައްކަތެއް pic.twitter.com/OtlLDXbmzz
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން، ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައިވާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ވަނީ ޓޯވ ކުރެވިފައިވާކަމަށާއި، މިއީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ޢާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މަގުމަތީގައި ހިނގާބިނގާވެ އުޅޭ ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މާހައުލެއް ޤާއިމުކުރުމަށް ކުރިޔަށް ގެންދާ މަސައްކަތެއްކަމަށެވެ.