 
										
			މަދަމާ ހެނދުނު މާލޭގެ ބައެެއް ސަރަހައްދުތަކުން 1 ގަޑިއިރަށް ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ވިދާޅުވެއްޖެވެ. 
ސޯޝިއަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމުންދާކަމަވެ. 
އެގޮތުން މަދާމާ ހެނދުނު 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެކަމަވެ. 
		
ކަސްޓަމަރުންގެ ސަމާލުކަމަށް: ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް، 10 ޖަނަވަރީ 2025 ވާ ހުކުރުދުވަހުގެ ހެނދުނު 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް… pic.twitter.com/ortQTGV2b0
— STELCO (@STELCOMALDIVES) January 9, 2025
			މީގެ އިތުރުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުންވެސް މި ގަޑިތަކުގައި ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ. ސްޓެލްކޯއިން ވިދާޅުވީ މި މަސައްކަތް ނިމުމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ފުޅާކުރެވިގެން ދާނެކަމަށެވެ. 
"މިސަބްސްޓޭޝަންގެ މަސައްކަތް ނިމުމުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރެވިފައިވާ 11 ކޭވީ ނެޓްވޯކަށް ކަރަންޓުދީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާ ކުރުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ" ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. 
ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެތީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ.