ކުޅިވަރު

ގާޑިއޯލާގެ ފަހު މެޗު ތައްޓަކުން ނިންމާލައިފި


ޕެނަލްޓީގައި ބޮރޫޝިއާ ޑޯޓްމުންޑްގެ މައްޗަށް ކުރި ހޯދައި ޖަރުމަން ކަޕްގެ ތަށި ބަޔާން މިޔުނިކް އުފުލާލައިފިއެވެ. ޖަރުމަން ކަޕްގެ ފައިނަލްގެ އިތުރު ވަގުތުވެސް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

ބަޔާނުން ޕެނަލްޓީގައި ޑޯޓްމުންޑްގެ މައްޗަށް ކުރި ހޯދީ ހަތަރެއް ތިނަކުންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ބަޔާނުން ޕެނަލްޓީ ބޭރަށް ޖެހި ކުޅުންތެރިޔަކީ ޚޯޝުއާ ކިމިޗްއެވެ. ޑޯޓްމުންޑްގެ ދެ ޕެނަލްޓީ އެޓީމުން ބޭކާރުކޮށްލިއެވެ. ސޮކްރާޓިސް ޕަޕަސްތަތޮޕޮލުސްގެ ޕެނަލްޓީ އޭނާ ބޭރަށް ޖެހިއިރު، ސެވެން ބެންޑާރ ޖެހި ޕެނަލްޓީގެ ހުރަހަކަށްވީ ޖަރުމަންގެ ގޯލް ކީޕަރ މެނުއެލް ނޯޔާއެވެ. 

ރޭގެ ފައިނަލަކީ ބަޔާން މިޔުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ އެޓީމަށް އިރުޝާދުދިން ފަހު މެޗެވެ. އަދި ރޭގެ ފައިނަލަކީ ޖެހިޖެހިގެން ޑޯޓްމުންޑް ބަލިވި ތިންވަނަ ޖަރުމަން ކަޕް ފައިނަލްކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މީ ހަތަރު ސީޒަންގެ ތެރޭގައި ޖަރުމަން ކަޕްގެ ތައްޓާއި ޖަރުމަން ބުންޑަސް ލީގާ ޖަރުމަނުން އެއް ސީޒަނެއްގައި ހޯދި ތިންވަނަ ފަހަރެވެ.

ޕެޕް ގާޑިއޯލާ ދެން ހަވާލުވާނީ މެންޗެސްޓަރ ސިޓީއާއެވެ.