ނިމްސާ އަލް ޙައްޖު ވަލް ޢުމްރާގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ އައްޑޫ ސިޓީ މީދޫ، ހަވާ، މުޙައްމަދު ތައްޚާނެވެ.
ނިމްސާ ޙައްޖު ގްރޫޕުން ބުނީ އެ ޖަމާޢަތުގެ ހަވާލުގައި ރަމަޟާންމަހުގެ ފަހުގެ 15 ގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށްދިޔަ ތައްޚާން ގެއްލިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ފަތިހު 03:00 ޖެހިއިރު އެ ޖަމަޢާތުގެ ޢުމްރާވެރިންނާއެކު ޢުމްރާގެ އަޅުކަން އަދާކުރަން ޙަރަމްފުޅަށް ދިޔުމަށްފަހުކަމަށެވެ.
ތައްޚާން ހޯދުމުގެ މަސައްކަތުގައި މައްކާއަށް ގޮސްފައިވާ ދިވެހި ހުރިހާ ޢުމްރާ ޖަމާޢަތްތަކުގެ އެހީތެރިކަމަށް ނިމްސާ ޙައްޖު ގްރޫޕުން ވަނީ އެދިފައެވެ. އަދި އެ ޢުމްރާވެރިޔާ ފެނިއްޖެނަމަ ލަސްނުކޮށް 966546279315+ / 966500953603+ އަށް އަންގައިދިނުމަށްވެސް އެ ޖަމާޢަތުން ވަނީ އެދިފައެވެ.