ޚަބަރު

ޖުޑީޝަލް އެކަޑަމީގެ އެކްޓިންގ ޗާންސެލަރގެ މަޤާމަށް މާޖިދު


ފަނޑިޔާރުންނާއި ޤާނޫނީވަކީލުނާއި ޝަރުޢީ ދާއިރާގެ ބޭފުޅުންނަށް ޖުޑީޝަލް ތަޢުލީމު އުގަންނައިދިނުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފައްދަވާފައިވާ ޖުޑީޝަލްއެކަޑަމީގެ އެކްޓިންގ ޗާންސެލަރގެ މަޤާމަށް އަލްއުސްތާޛް އަޙްމަދު މާޖިދު ޢައްޔަންކުރައްވައިފިއެވެ.

އަޙްމަދު މާޖިދު ކުރިން ހުންނެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ޑެޕިއުޓީ ލީގަލް އޮފިސަރުގެ މަޤާމުގައެވެ. 

އަލްއުސްތާޛް އަޙްމަދު މާޖިދަކީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައިވާބޭފުޅެކެވެ. އަދި ވޭތުވެދިޔަ 6 އަހަރުދުވަހު ޖުޑީޝަރީއަށް ޚިދުމަތް ކުރައްވައި، ޖުޑީޝަލް ތަޢުލީމު އުނގަންނައިދިނުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވެފައިވާބޭފުޅެއްކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތުދެއްވައެވެ.

ޖުޑީޝަލް އެކަޑަމީގެ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުންއެއެކަޑަމީ ހިންގަވާނީ އުއްތަމަ ފަނޑިޔާރު ރިޔާސަތު ބަހަލައްޓަވާ އިސްތިޝާރީމަޖިލީހެއްގެ ލަފާގެ ދަށުންނެވެ.