ޚަބަރު

އަގުހުރި އިނާމްތަކަކާއެކު އެސްޓީއޯގެ "ރަމަޒާން ބާޒާރު" ފަށައިފި


  • މި ޕްރޮމޯޝަން ކުރިއަށްދާނީ 11 އޭޕްރީލަށް

  • ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް

  • 25% އާ ހަމައަށް ޑިސްކައުންޓް ލިބޭނެ

ރޯދަ މަހަށް ހާއްސަކޮށް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފަށައިފިއެވެ.

އެސްޓީއޯ ރަމަޒާން ބަޒާރުގައި އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ގިނަ ޑިސްކައުންޓްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެއިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

އެސްޓީއޯއިން މި ޕްރޮމޯޝަންގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެއްކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ރަމަޒާން ބާޒާރު ކުރިޔަށްދާނީ 15 ޖެނުއަރީ އިން ފެށިގެން 11 އެޕްރީލްއަށެވެ.

ކަސްޓަމަރުންނަށް ލިބިގެންދާނެ ޑިސްކައުންޓް އަދި އޮފާތައް:

* 25% ހަމަށް ޑިސްކައުންޓް ލިބޭނެ
* 1 ވަނައަށް ހޮވޭ ފަރާތަކަށް 75000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް
*2 ވަނަ ފަރާތަކަށް ހޯމް އެޕްލަޔަންސް ޕެކޭޖެއް
* 3 ވަނަ ފަރާތަކަށް ތިންރޫމް އެޕަޓްމެންޓުގައި ނިޕޯޕެއިންޓުގެ ކުލަ އަދި ކުލަ ލާދިނުން.
* ރޯދަމަހު ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއް ހޮވާ 2500 ރުފިޔާގެ ގިފްޓް ވައުޗާއެއް

މުޅި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި 3 ފަރާތެއް ހޮވާނެކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން 1 ވަނަ އިނާމަށް ތުރުކީ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބިގެން ދާއިރު، ދެވަނަ ނަސީބުވެރި ފަރާތަކަށް ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބޭނެއެވެ. އަދި ތިންވަނަ ފަރާތަކަށް 65 އިންޗީގެ ފިލިޕްސް ޓީވީއެއްލިބިގެން ދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ގުރުއަތުން ހޮވޭ ފަރާތްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 300،000 ރުފިޔާގެ އަގުހުރި އިނާމުތަކެއް ލިބިގެންދާނެކަމަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝްން ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގައި ކުންފުނީގެ ޕްރޮޑަކްޓް ބޭނުން ކުރާ ގޮތް ދައްކާލުމާއި އަދި ކަސްޓަމަރުން އަމިއްލައަށް ޕްރޮޑަކްޓް ތަޖުރިބާކުރުމުގެ ފުރަސަތު ލިބިގެންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ކޮންމެ ހަފުތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހު ބައެއް ސެލެކްޓިވް އައިޓަމްސްތަކުން ޑިސްކައުންޓު ލިބިގެން ދާނެކަމަށާއި އަދި އެސްޓީއޯގެ އީ-ސްޓޯރުން މެދުވެރިކޮށްވެސް ޕްރޮމޯޝަން ޕްރޮޑެކްޓު ލިބިގެން ދާނެކަމަށް އެ ކުންފުނިން ބުނެއެވެ.