ޚަބަރު

ވީއައިއޭއިން ކަރަންޓް ކެނޑުނީ ސަބްސްޓޭޝަނަށް ދިމާވި މައްސަލައެއްގެ ސަބަބުން


  • ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ވަނީ މަޢާފަށް އެދިފައި

  • ބެކަޕް ޖަނަރޭޓަރަކުން ދަނީ ކަރަންޓް ދެމުން

  • ސްޓެލްކޯއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ސަބްސްޓޭޝަނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ބުނީ އެއަރޕޯޓްގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާކަމަށެވެ. ނަމަވެސް މިހާރު ބެކަޕް ޖަނަރޭޓަރެއް ބޭނުންކޮށްގެން ވަގުތީގޮތުން ކަރަންޓް ފޯރުކޮށްދޭންފަށާފައިވާކަމަށެވެ.

ކަރަންޓް ކެނޑުނު ބައެއް ސަރަހައްދުތަކުގެ ތެރޭގައި ޑޮމެސްޓިކް ޓަރމިނަލްވެސް ހިމެނެއެވެ. އެމްއޭސީއެލްއިން ބުނީ ކަރަންޓް ކެނޑެން ދިމާވީ ސަބްސްޓޭޝަނަކަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ. އެމްއޭސީއެލްއިން ބުނީ ވީހާވެސް އަވަހަށް އަލުން ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކަރަންޓް ދިއުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ އުނދަގޫތަކަށް އެ ކުންފުނިން ވަނީ މަޢާފަށްއެދިފައެވެ.

ސްޓެލްކޯއިންވެސް މިހާރު ވަނީ ވީއައިއޭއަށް އަލުން ކަރަންޓް ފޯރުކޮށްދިނުމަށް ދޭންޖެހޭ އެހީތެރިކަން ދޭން ފަށާފައެވެ. އެގޮތުން ސްޓެލްކޯގެ އިންޖީނިއަރުންނާއި، ކަމާއި ގުޅުންހުރި ފަންނީ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.