ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކަށް ފެން ލިބުމުގައި ދަތިތަކެއް


މާލޭގެ ބައެއް ޢިމާރާތްތަކުގެ ތިންވަނަ ފަންގިފިލައިން މަތީގެ ބައިތަކަށް މިވަގުތު ފެން ނުލިބުން އެކަށީގެންވާކަމަށް އެމްޑަބްލިޔޫއެސްސީން ބުނެފިއެވެ.

އެ ކުންފުނިން ހާމަކުރެއްވިގޮތުގައި މި މައްސަލަ ދިމާވީ އިއްޔެ މާލެއިން ކަރަންޓް ކެނޑުމާ ގުޅިގެން، އެކުންފުނީގެ ބޯހޯލްތަކާއި، ޑިސްޓްރިބިއުޝަން ޕަމްޕުތަކުން ކަަރަންޓު ކެނޑުމުގެ ސަބަބުން ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް މިކަން ޙައްލުކުރުމަށް ހުއްޓުމެއް ނެތި މަސައްކަތްކުރަމުން ގެންދާ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.