ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި ރާއްޖޭގެ އެންމެ ދެކުނުން ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު ބޯ ވާރެއާއެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު މެނދުރުފަހު 14:15އާ ހަމައަށް އާ ދެމެދު ރީނދޫ އެލަރޓްވެސް ނެރެފައެވެ.
Alert Yellow for torrential rain. pic.twitter.com/fiGDg4qbzd
— Maldives Meteorology (@MetMaldives) September 2, 2023
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިވަގުތުތަކުގައި އެސަރަަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ މިއަދު ހަވީރު 4 ޖެހުމާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ. އެއިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާވެސް އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސްވަނީ ލަފާކޮށްފައެވެ.
Alert White for heavy rain and thunderstorms with gusts of 45 mph. pic.twitter.com/81AFo19Drs
— Maldives Meteorology (@MetMaldives) September 2, 2023
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ ހޯމަ ދުވަހާއި ހަމައަށް ދިގުދެމިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ އެހި ހިސާބަށްވެސް އެކި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ވިއްސާރަވެ ފެންބޮޑުވެދާނެތީ މުދަލަށް ރައްކާތެރިވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރުފަތުރު ކުރާފަރާތްތަަކުން ސަލާމަތާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެމްއެންޑީއެފްއިންވެސްވަނީ އިލްތިމާސްކުރައްވާފައެވެ.