ދުނިޔެ

ދެކުނު ކޮރެއާއިން އަސްކަރީ ތަމްރީންތަކެއް ފަށައިފި


ދެކުނު ކޮރެޔާއާއީ އެމެރިކާ ސިފައިން ގުޅިގެން މިއަދު ހެދުނު ވަރުގަދަ އަސްކަރީ ތަމްރީން ތަކެއް ފަށައިފިއެވެ. މިއީ އެދެގައުމުން އަހަރަކު އެއްފަހަރު ބާއްވަމުންގެންދާތަމްރީންތަކެއް ނަމަވެސް މިތަމްރީން ތަކުގެ  ބޭނުމަކީ އުތުރު ކޮރެޔާއިން ދީފާނެ ނުރައްކާތެރި ހަމަލާއަކަށް ތައްޔާރަށް ތިބިކަން ހާމަކޮށް ދިނުން ކަމަށް ރިޕޯޓްތައްބުނެއެވެ. އުތުރު ކޮރެޔާއިންވަނީ މިފަހަރުގެ ތަމްރީން ތަކަކީ ހަގުރާމައިގެ އަމަލެއް ކަމަށް ސިފަ ކޮށްފައެވެ.  

ދެކުނު ކޮރެޔާއިންވަނީ މިފަހަރުގެ ތަމްރީން ތަކަކީ މިހާތަނަށް އެންމެފުޅާ ދާއިރާއެއްގައި ބޭއްވޭ ތަމްރީންތައް ކަމަށް ބުނެފައެވެ. އަދި މިއީ އުތުރު ކޮރެޔާއިން ދާދި ފަހުން ކުރި ނިއުކްލިއަރ ޓެސްޓް ތަކުގެ ރައްދުގައި ބާއްވާ ތަމްރީންތަކެއްކަމަށްވެސް ދެކުނު ކޮރެޔާއިންވަނީ ބުނެފައެވެ.

އުތުރު ކޮރެޔާއިން ނިއުކްލިއަރ ޓެސްޓް ކުރުމާއި ގުޅިގެން އދގެ ސަލާމަތީ މަޖިލީހުން ވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފާސްކޮށްފައެވެ.