 
										
			ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވެއްޖެއެވެ. 
އުމުރުފުޅުން 83 އަހަރުގައި އިސްތަފާ އިބްރާހިމް މަނިކު އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުއެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މީގެ 10 ދުވަސްކުރިންނެވެ. 
އިބްރާހިމް މަނިކަކީ ދިވެހި ދައުލަތަށް ގިނަ ދުވަހު ވަރަށް އިޚުލާސްތެރި ކަމާއިއެކު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައާއި، ރައީސް މައުމޫންގެ ދައުރުގައިވެސް އެމަނިކުފާނު ވަނީ ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.