 
										
			އަތޮޅުތެރޭގެ 4 ރަށެއްގައި ފްލޯޓިން ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ފަށައިފިއެވެ. 
މިމަސައްކަތް އެމިނިސްޓްރީގެ ފަރާތުން ޙަވާލުކޮށްފައިވަނީ ސުވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެވެ. 
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ސުވިމިންގ އެސޯސިއޭޝަނާއި ޙަވާލުކޮށްފައިވަނީ ހއ.ހޯރަފުއްޓާއި، ހދ.ހަނިމާދޫއާއި ގއ.ވިލިނގިލީގެ އިތުރުން އައްޑޫ ސިޓީ މަރަދޫފޭދޫގައި ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމުގެ މަސައްކަތެވެ. 
މިމަޝްރޫޢުގެ ދަށުން ހއ.ހޯރަފުއްޓާއި ހދ. ހަނިމާދޫ ފްލޯޓިންގ ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެއް މިލިއަން ތިރީސް ދެހާހަށްވުރެ ގިނަ ރުފިޔާއަށެވެ. ގއ.ވިލިނގިލީ މަޝްރޫޢު އެއް މިލިއަން ސާޅީސް ހަތްހާހަށްވުރެ ގިނަ ރުފިޔާއަށް ޙަވާލުކޮށްފައިވާއިރު އައްޑޫ ސިޓީ މަރަދޫ މަޝްރޫޢު ޙަވާލުކޮށްފައިވަނީ އެއް މިލިއަން ހަތްދިހަ ދެހާހަށްވުރެ ގިނަ ރުފިޔާއަށެވެ.. 
		
ހއ.ހޯރަފުށި، ހދ.ހަނިމާދޫ، ގއ.ވިލިނގިލި އަދި ސ.މަރަދޫފޭދޫގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު ސޮއިކުރުން.@MDVswim pic.twitter.com/SD6PssgcIj
— Ministry of Youth,Sports and Community Empowerment (@MoYSCEmv) February 1, 2023
			މިމަސައްކަތް ސުމިން އެސޯސިއޭޝަނާއި ޙަވާލުކޮށްފައިވަނީ މިމަސައްކަތުގެ ފައިސާ އެސޯސިއޭޝަނަށް ލިބޭ ދުވަހުން ފެށިގެން 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 
މިމަޝްރޫޢުތައް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާސިޙް ރަޝީދެވެ. އަދި ސުވިމިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީއެވެ. 
ރާއްޖޭގައި އެކި ކުޅިވަރުތައް ކުރިއަރުވާ ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މިގޮތުން ރާއްޖޭގައި އެކި ކުޅިވަރު ކުޅެވޭނެ ޕްލެޓްފޯމްތައް ސަރުކާރުން އަންނަނީ ޤާއިމުކޮށްދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމި ފެންވަރުގައި ރާއްޖެއިން އެކި ކުޅިވަރުތަކުގައި ތަމްސީލުކޮށް ފާހަގަކުރެވޭ ކުރިއެރުންތައް އަންނަނީ ހޯދަމުންނެވެ..