ޚަބަރު

ޑްރަގު ވިޔަފާރީގައި އުޅުނު ނެޓުވޯކެއް އަތުލައިގަނެފި


ރާވައިގެން ޑްރަގު ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއް ފުލުހުން އަތުލައިގެންފިއެވެ.

ޑްރަގް ނެޓްވޯކް އަތިލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނާއި ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި އޮޕަރޭޝަނުގައި 6 މީހަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރި އެންމެންނަކީ ދިވެހި ފިރިހެނުންނެވެ.

މިމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މުއްދަތު ޖަހާފައިވެއެވެ. ބަންދުގެ މުއްދަތު އިތުރު ކުރުމަށް އޮތް ޝަރީއަތުގައި ފުލުހުން ވިދާޅުވީ އެމީހުން ހައްޔަރު ކޮށްފައިވަނީ، ގިނަ އިންތިޒާމުތަކާއެކު ރޭވިގެން ހިންގަމުންދިޔަ ޑްރަގު ނެޓްވޯކެއް އަތުލުމަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މިމައްސަލާގައި ހައްޔަރު ކުރީ 30 އަހަރާއި 47 އަހަރާއި ދެމެދުގެ މީހުންނެވެ. އޭގެތެތެރެއިން


ހަ މީހުންގެ ތެރެއިން، ތިން މީހެއްގެ ބަންދަށްވަނީ 30 ދުވަސް ދެ މީހެއްގެ ބަންދަށް 25 ދުވަސް ޖަހާފައިވެއެވެ. އަދި އެކަކުވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މި އޮޕަރޭޝަންގައި ފުލުހުން ބަލައި ފާސްކުރި ތަންތަނުން އެކި ގޮތްގޮތަށް ޕެކްކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ގިނަ އަދަދަދެއްގެ ފައިސާވެސް ހޯދާފައިވެއެވެ. އަދި މަސްތުވާތެތި ބަންދުކުރުމަށް ބޭނުން ކުރާ އާލަތްތަކާއި، ބަރުދަން ބެލުމަށް ބޭނުން ކުރާ އާލާތްތައްވެސް ފެނިފައިވާކަަމށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

ލަކުޑިކަޅޭ

އޭ މިތިބަ ފުލުސްޑޯގުތަކާ ތިކުރަނީފޫނެއްފަޔައްފެންފުރުންކަހަލަކަމެއް